Follow us on
ލާމާފަރު ފެސްޓިވަލް: ތިމާވެއްޓަށް އޮތް ލޯބި ފެނިގެން ގޮސްފި.
| Admin

(ލ.މާމެންދޫން މުޙައްމަދު އަރީޙް) އެރި އިރާއެކު އަހަރެން ފޮތާއި ގަލަމާއި ލެޕްޓޮޕް އަދި ކެމެރާ ދަބަހަށްލާ އަހަރެން މިއަދު އަވަސްވެ ގަތީ، ސިކްސެންސެސް ލާމު އިން ބާއްވާ “ލާމާފަރު ފެސްޓިވަލް” އަށް ދާން އޮތް ގަޑި ކައިރިވުމާއެކުގައެވެ. އެކުގައި ދާން ދައުވަތު ލިބުނު ރައްޓެހިންނާއިކު ފޮނަދޫ ޖެޓީ ސަރަހައްދަށް އަހަރެން ދިޔައީ މާ ގިނަ ބަޔަކު މި ފެސްޓިވަލްގައި ބައިވެރިވުމަށް އެސަރަހައްދާށް ދާނެ ކަމަށް ލަފާކޮށްފައެވެ. ނަމަވެސް ބޮޑު ދޯންޏެއް ހަމައެކަނި ފޮނަދޫ އިން ދެބުރު ފެސްޓިވަލް ބާއްވާ މާމެންދޫއަށް ދާން ޖަހަންޖެހޭނީ ލައްކަ ގިނަ މީހުން ފޮނަދޫން އެކަނިވެސް ފެސްޓިވަލްގައި ބައިވެރިވީމާ ތާއެެވެ. އަދި މީ އަތޮޅުގެ އެހެން ރަށްރަށުން މި ފެސްޓިވަލަށް ލައްކަ ގިނަ މީހުން ދާނެއޭ ހިތަށް އަރާ ދޯންޏަށް އަރާ ދަތުރަށް ފެށީމެވެ.

ދަތުރު ދުޢާ ކިޔާލުމަށްފަހު އަހަރެން އެންމެ ފުރަތަމަ އަވަސްވެ ގަތީ “ލާމާފަރާ” ބެހޭ ކުޑަ މަޢުލޫމާތު ކޮޅެއް ހޯދާލުމަށެވެ. ޖެހެމުންދިޔަ މަޑު ރޯޅިއާއެކު އަހަރެންގެ މަސައްކަތް އަވަސް ވާނެ ކަމަށް ބަލާ، މަސައްކަތް ފެށި ނަމަވެސް ނެޓްވޯކް ކަވަރޭޖް ނުލިބުމުން ދޯނިމަތީގެ ދަތުރު ދިޔައީ މުޅިން ޗޮކުންނެވެ.

30 މިނެޓްގެ ދަތުރަކަށްފަހު ދޯނި މާމެންދޫއަށް ލެފިއެވެ. ދޯނިން ހަމަ ފޭބިތަކުން، ސިކްސެންސެސްގެ ޓީމުން އަހަރެމެންނަށް މަރުހަބާ ކިއެވެ.

“އެދިމާގައި އެހެރީ ހެނދުނު ނާސްތާ. މިކޮޅުން ލިބޭނެ ޓީޝާޓް.” ދެފަރާތުގައި އެތުރިފައި ތިބި ކުދިން ދިން މާފަތީގައި ހިފި ވަގުތު ސިކްސެންސެސް ޓީމްގެ މީހަކު އަހަރެމެންނާ މުޚާތަބުކޮށް ބުނެލިއެވެ.

Welcome to Laamafaru Festival!!Video: Visit Laamu Atoll (Rax Arn)Six Senses Laamu

Posted by Visit Laamu Atoll on Wednesday, 25 September 2019

 ސިކްސެންސެސް މޯލްޑިވްސް އިން މިފަހަރުގެ ލާމާފަރު ފެސްޓިވަލް ހޯސްޓްކޮށްފައިވަނީ މާމެންދޫ ސްކޫލާއި ގުޅިގެން އެރަށުގައެވެ. ދޮގަކާ ނުލާ އެއް ވާހަކަ ބުނެލާނަމެވެ. މިއީ އަހަރެންގެ ހަޔާތުގައިވެސް ދިޔަ އެންމެ އޯގަނައިޒިންގ ރަނގަޅު އެއް އިވެންޓެވެ. ހުރިހާ ޝުކުރެއް މާމެންދޫގެ ރައްޔިތުންނަށާއި ސިކްސެންސެސް ލާމު އަށެވެ.

ފެސްޓިވަލް ކުރިޔަށް ދިޔަ ގޮތް!

ލާމު އަތޮޅުގެ ޖުމްލަ 11 ރަށަކަށް 12 ސްކޫލެއް ބައިވެރިވި މިފެސްޓިވަލްގައި ޖުމްލަ 2،000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވަފައެވެ.

“ލާމާފަރު ފެސްޓިވަލް” ފެށިގެން ދިޔައީ އެކަމަށް ބޭއްވި ޚާއްސަ އޯޕެނިންގ ސެރަމޮނީ އަކުންނެވެ، މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ޓޭބަލް ޓެނިހުން ރާއްޖެ އަށް ދެ ރަން މެޑެއްޔާއި ރިހި މެޑެއްޔެއް ހޯދައިދީފައިވާ އާއިޝަތު ރަފާ އާއި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖެވެ.

ޖަލްސާގެ ޝަރަފުވެރި މެހެމާން ވާހަކަ ދައްކަނީ

ފެސްޓިވަލްގައި ރަފާ ވާހަކަ ދައްކަމުންވަނީ ތިމާވެއްޓަށް މިއަދު ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާ ބެހޭ ގޮތުންނާއި އެކަމަށް ދީފައިވާ ބީރު ކަންފަތަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސުކޫލު ކުދިން މިފަދަ ކަންކަމަށް ހޭލުންތެރިވުމުގެ މުހިންމުކަމާ ބެހޭ ގޮތުންވެސް ރަފާގެ ވާހަކައިގައިވަނީ އަލިއަޅުވާލާފައެވެ.

ކްލައިމެޓް ސްޓްރައިކް ޕެރޭޑް

ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ދުނިޔޭގެ އިސްވެރިންނާއި ބޮޑެތި ވިޔަފާރިތަކުން ބީރު ކަންފަތެއް ދީފައިވާތީ، މުޅި ދުނިޔާގައި ކުރަމުން އަންނަ ގްލޯބަލް ސްޓްރައިކް ޕެރޭޑްވަނީ “ލާމާފަރު” ގެ ތެރެއިން ފެނިގެން ގޮސްފައެވެ. މިގޮތުން މި ފެސްޓިވަލްގައި ބައިވެރިވި އެކި ސްކޫލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުންވަނީ ޕޯސްޓަރތައް ހަދާ ފެސްޓިވަލްގެ ތެރެއިންވަނީ ދައްކާލާފައެވެ. އަދި ދުނިޔެ އަޅާ ކަރުނަ އެކުދިން ވަޒަން ކުރާ ކަން ދައްކާލާ، ރާއްޖޭގެ ލީޑަރުންނަށް މިކުދިންވަނީ މެސެޖެއްދީފައެވެ.

ލާމު ސްޓޯރީ

ލާމު ސްޓޯރީއަކީ ލާމު އަތޮޅުގެ ތާރީޚާއި ބެހޭ ގޮތުން ލާމު އަތޮޅުގެ ސްކޫލުތަކުން ކުރިޔަށް ގެންދިޔަ ސްޓޭޖް ހަރަކާތްތަކެކެވެ. މިހަރަކާތްތަކުގައި ލާމު ސްކޫކުތަކުގެ ދަރިވަރުންވަނީ ލާމު އަތޮޅުގައި ހިނގައިދިޔަ ބައެއް ތާރީޚީ ވާހަކަތަކާއި ލާމު އަތޮޅުގެ އާދަކައިދަ ދައްކައިދޭ ޑްރާމާތަކެއް ފެސްޓިވަލްގެ ތެރެއިންވަނީ ފެނިގެންގޮސްފައެވެ.

ސްޓޯލްތައް

ލާމު ސްޓޯރީ ކުރިޔަށް ދިޔަ  ވަގުތު އެސަރަހައްދުގައިވަނީ ތަފާތު ސްޓޯލްތަކެއް ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން ލާމު އަތޮޅުގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭނެ ފޮޓޯތަކާއި ތިމާވެއްޓާ ބެހޭ ގޮތުން މުހިންމު މަޢުލޫމާތު ތަކެއްވަނީ މި ސްޓޯލްތަކުން ދެވިގެން ގޮސްފައެވެ. އަދި މުރަކައަށް ނުރައްކާނުވާ ގޮތަށް ފީނުމާއި ކުޅީގެ މުހިންމު ކަމާ ބެހޭ ގޮތުންވެސް ވަނީ މައުލޫމާތު ދެވިގެންގޮސްފައެވެ.

ފޮޓޯ ގްރަފީ ކޮންޕެޓިޝަން

ވިޒިޓް ލާމު އެޓޯލް އާއި ސިކްސެންސެސް އާއި ގުޅިގެން ކުރިޔަށް ގެންދިޔަ ފޮޓޯ ކޮންޕެޓިޝަންގެ ވަނަތަކަށް އައި ފަރާތްތަކަށްވަނި މި ފެސްޓިވަލްގެ ތެރެއިން ވަނަތައް ދެވިގެން ގޮސްފައެވެ. މި ކޮންޕެޓިޝަންގައި ޖުމްލަ 72 ބައިވެރިން 100 އަށްވުރެ ގިނަ ފޮޓޯވަނީ ބައިވެރިކޮށްފައެވެ.

ސްމިވިންގ ކޮންޕެޓިޝަން.

ލާމާފަރުފެސްޓިވަލްގައިވަނީ ފެތުމުގެ މުބާރާތެއްވެސް ބާއްވާފައެވެ. މިމުބާރާތުގެ އެކި ވަނަތަކަށް ދިޔަ ފަރާތްތަކަށްވަނީ އިނާމާ ހަދާނީ ލިޔުން ދީފައެވެ.

Laamafaru Festival's swimming competition.Video: Visit Laamu Atoll (Rax Arn)Six Senses Laamu #VisitLaamuAtoll

Posted by Visit Laamu Atoll on Thursday, 26 September 2019

 

ލާމާފަރު ފެސްޓިވަލް މިއަދު ނިމިގެން ދިޔައީ 5 ޖަހާ ކަންހާއިރުއެވެ. ހަމަގައިމުވެސް އަހަރެން ރަށަށް އައީ ކުރިން ނޭނގޭ ލައްކަ މަޢުލޫމާތަކާއެކުގައެވެ.

ލާމާފަރު ފެސްޓިވަލަކީ ލ. އަތޮޅުގެ ތިމާވެއްޓާއި، އެ ވެށިތަކުގައި ދިރިއުޅޭ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤްސަދުގައި ސިކްސް ސެންސަސް ލާމުން ބާއްވާ  ހަރަކާތެކެވެ. މި ފެސްޓިވަލް އިންތިޒާމު ކުރަނީ ސިކްސް ސެންސަސް ލާމު ރިޒޯޓާއި، ވިޒިޓް ލާމު އެޓޯމްއާއި، ލ. އަތޮޅު ކައުންސިލާއި، މާމެންދޫ ކައުންސިލް، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން، ބްލޫ މެރިން ފައުންޑޭޝަން، އޮލިވް ރިޑްލީ ޕްރޮޖެކްޓް، މަންތާ ޓްރަސްޓް އަދި މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް ގުޅިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ