Follow us on
މައުލުމާތު: ސްވައިންފުލޫއިން ރައްކާތެރިވަމާ
| އަޙުމަދު އަނަސް

ރާއްޖޭގައި ސްވައިންފުލޫ ހަލުވި ކަމާއެކު ފެތުރެމުންދާއިރު މިހާތަނަށް 51 މީހަކު މިވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. މި ބައްޔަކީ ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވުމާއެކު ކޮންމެ މިހަކުވެސް މިކަމަށް އިސްކަމެއް ދޭން ޖެހެއެވެ.

:ހުމާއި ރޮގާގެ އަލާމަތްތައް

ހުން އައުން
ކަރުގައި ރިހުން
ބޮލުގައި ރިހުން
ބޭރަށް ހިނގުން، ހޮޑުލެވުން
ގައިގައި ރިހުން
ހީކަރުވާފައި ވަރުދެރަވުން

މަތީގައި އެވާ އަލާމާތްތަކުގެ ތެރެއިން މަދުވެގެން ދެ އަލާމާތް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިއްމެވެ. އަދި މި އަލާމާތްތަކުގެ އިތުރުން ކުޑަކުދިންގެ ކިބައިން ފެނިދާނެ އިތުރު އަލާމާތްތަކުގެ ތެރޭގައި ކެއިންބުއިން މަދުވުން، މާގިނައިން ނިދުން، އަދި އާދަޔާ ހިލާފަށް ރުއިން ފަދަ އަލާމާތްތަށް ހިމެނެއެވެ.

މި ބައްޔަކި ފަސޭހަ ކަމާއި އެކު ގައިން ގަޔަށް އަރާ ބައްޔަކަށް ވުމާއެކު ތިރީގައި މިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވާލުތަކުގެ ތެރޭގައި ރޯގާޖެހި ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތްމަތީގައި ކުޑަ ރުމާލެއް ނުވަތަ ޓިޝުއެއް ފަދަ އެއްޗެއް އެޅުން މުހިންމެވެ. އަދި ކޮންމެ މިހަކުވެސް ބޭނުންކޮށްފައި ހުންނަ ޓިޝޫފަދަ ތަކެތި އެއްލާނުލުމަށް ހާއްސަ އިސްކަމެއް ދޭންޖެހެއެވެ. އަދި އާންމު ސާފްތާހިރުކަމަށް، ހާއްސަކޮށް ސައިބޮނިައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދޭންޖެހެއެވެ. ރޯގާޖެހި ކެއްސާނަމަ، މީހުން އުޅޭ ތަންތަނަށް ނުދިއުން މުހިންމެވެ. އަދި ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުންވެސް ވަރަށް މުހިންމެވެ.

:ހުންއައިސް ރޯގާ ޖެހިއްޖެ ނަމަ ގޭގައިވެސް ބައެއް ފަރުވާ ދެވިދާނެއެވެ. ގޭގައި ދެވިދާނޭ ފަރުވާތަކުގައި ހިމެނެނީ

ގިނައިން ދިޔާތަކެތި ބޭނުން ކުރުމާއި އަރާމުކުރުން
ކަޅުސައި، ލުނބޯ، މާމުއި އަދި އިނގުރު ބޭނުންކޮށްގެން ބުއިންތަށް ބޭނުންކުރުން
ހުން އަންނަނަމަ ގައިގައި ފެން ހޭކުން
ޕެރެސެޓްމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން
ހުން އަިސް ރޯގާޖެހި ތިން ދުވަހަށްވުރެން ގިނަދުވަސްވާނަމަ ޑަކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން

ސްވައިން ފްލޫ އަކީ ހަމަ އާދައިގެ އަރިދަފުސް ރޯގާ ޖެހޭ ގޮތަށް ޖެހޭ ބައްޔެކެވެ. ފަސޭހައިން ގައިންގަޔަށް އަރާ މިބަލިން ރައްކާތެރި ވުމުގެ ގޮތުން ފިޔަވަޅު އެޅުމަކި ވަރަށް މުހިންމު ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ