Follow us on
ކޮރޯނާވައިރަސް ރާއްޖޭގައި: އަދިވެސް ކޮލެޖްތައް ބަންދުކުރާކަށް ނުވޭތަ؟
| ފާނޫޒް.ކޮމް

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއެކު، މުޅި ދުނިޔެއަށް މިވަނީ ސިހުމެއް އައިސްފައެވެ. ހަމަ އެހެންމެ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ރާއްޖެއިން މިބަލީގެ ފުރަތަމަ ކޭސް ފެނުމާއެކު، ދިވެހިންވެސް މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ކޮރޯނާ ވައިރަސް މިވަނީ މުޅި ދުނިޔެ ސިއްސުވާލި ބޮޑު މުސީބާތަކަށް ވެފައެވެ. ހަމަ އެހެންމެ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިންވެސް މިވަނީ މިބައްޔަކީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ހަމަ އެހެންމެ، ދިވެހި ސަކުރާކުންވެސް މިއަދު މިވަނީ މި ދިވެހިރާއްޖޭގައި ޞިއްޙަތުގެ ކުއްލި ޙާލަތު އިޢުލާނު ކޮށްފައެވެ.

މި ދަނޑިވަޅުގައި ދިވެހިން އެއްވެ ނޫޅުމަށާއި، ޞިއްޙީ ކަންކަމަށް ވީހާވެސް ބޮޑަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭ އިން މިވަނީ ގޮވާލާފައެވެ. މީގެ އިތުރުން ކުޑަކުދިންނާއި މުސްކުޅިން މިސްކިތަށް ނުދިޔުމަށާއި، ނަމާދުތައް އަދި ޚުތުބާ ކުރުކޮށް، މިސްކިތުގެ ކާޕެޓްތައް ބަދަލުރުމަށްވެސް ސަރުކާރުން މިވަނީ އަންގާފައެވެ. އަދި ސުކޫލުތައް ހުޅުވުންވެސް މިހާރު މިވަނީ އެއް ހަފްތާއަށް މަޑުޖައްސާލާފައެވެ. އެހެންނަމަވެސް ދެން މިއޮތީ އަނެއްކާ އަނެއް ވާހަކައެވެ. އަދިވެސް ކޮލެޖުތައް ބަންދުކުރާކަމަށް ނުވޭ ހެއްޔެވެ؟

ރާއްޖޭގައި އެތައް ހާސް ދަރިވަރުންނެއް، ހަމައެކަނި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީންވެސް ދަނީ ކިޔަވަމުންނެވެ. އޭގެ ތެރެއިންވެސް ގިނައީ އެކި ރަށްރަށުގެ، ކުދިންނެވެ. އެއިން ކޮންމެ ކުއްޖަކުވެސް އަދު ބޭނުންވާނީ، މާލޭގެ މި މުޖުތަމަޢުން ދުރުވެ، އެކުދިންގެ އުފަން ރަށަށް އެނބުރި ދާންކަން ޔަގީނެވެ.. ކުޑަކުދިންނާއި މުސްކުޅިން ނަމާދަށް މިސްކިތަށް ނުދިޔުމަށް ސަރުކާރުން އެދުނު އިރު، ކޮލެޖް ކުދިން އަދިވެސް ކޮލެޖަށް ކިޔަވާން ދާނެޖެހޭތީ ގިނަ ކުދިން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

ތަރައްގީވެ ތަހުޒީބުވެފައިވާ މި ދުނިޔޭގައި ގޭގައި ތިއްބަސް ކިޔަވައިދެވޭނޭކަމީ ހަމަ ޖަގީން ކަމެކެވެ. ސަރުކާރުން އެއްވެސް ހަރަދެއް ނުކޮށްވެސް މިކަން ކުރެވިދާނެއެވެ. އެގޮތުން، ގޫގުލް ކްލާސްރޫމް، ނުވަތަ ކެންވަސް ބޭނުންކޮށްގެންވެސް އިތުރު ހަރަދުތަކެއް ނުކޮށް ކިޔަވައިދެވިދާނެއެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި ކޮންމެ މީހަކުވެސް މިބަލިން ރައްކާތެރިވުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ގިނަ ގިނައިން އަތް ދޮވުމާއި، އަނގަޔާއި ނޭފަތަށް އަދި ލޮލަށް އަތް ނުލުން ވަރަށް މުހިންމެވެ. އަދި މިވައިރަހުން ރައްކާތެރިވުމަށް މާސްކު އެޅުންވެސް ވަރަށް މުހިންމެވެ.

ޚިޔާލު ފާޅުކުރައްވާ