Follow us on
މަންމަގެ ނަޞޭހަތް
| ޝަހޫ

މަންމަ އަބަދުވެސް އަހަރެންގާތު ބުނެއެވެ. “ދަރިފުޅާއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދުނިޔޭގައި އުޅޭ އިރު ވަރަށް ގިނަ ކަންކަމާއި ކުރިމަތިވާނެއެވެ. އުފަލާއި ހިތާމައެވެ. ދައްޗާއި އުނދަގުލެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވި ނަމަވެސް ކެތްތެރިވާށެވެ. ކަންކަމާއި ކެރިގެން ކުރިމަތިލާށެވެ. الله އެއްވެސް އިންސާނަކަށް ނުއު ފުއްލޭވަރުވެ ބުރައެއް ނުޖައްސަވާނެތެވެ. الله ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ. އަހަރެމެންނައް އޮތީ ނަމާދު ކޮށް އެކަލާންގެއަށް ދުޢާ ދެންނެވުމެވެ. ދަތި އުނދަގޫތަކައި، ހިތްދަތިކަން ފިލައި ދިއުމަށް އެކަލާންގެ ހަޒުރަތުގައި ދެންނެވުމެވެ..” މިއީ އަހަރެން ދުވަހަކުވެސް ހަނދައިނުން ފޮހެވިގެން ނުދާނޭ ނަޞޭހަތެކެވެ.

އާންއެކެވެ. ދުނިއޭގެ އުފާވެރިކަން ހޯދުމުގެ ބަދަލުގައި އާހިރަތް ބާއްޖަވެރި ކުރަން އުޅުން މާބުއްދިވެރިއެވެ. ދުނިޔޭގައި އުޅޭއިރު މީހުންގެ ރުހުމާއި ލޯބި ހޯދުމަށް އަހަރެމެން ވަރަށް މަސައްކަތް ކުރެއެވެ. އެއިގެ ސަބަބުން ދުނިޔޭގެ މަޖަލައި އުފަލަށް ގެއްލި އާހިރަތް މަތިން ހަނދާން ނެތެއެވެ. އެންމެންގެ ރުހުން ލިބުމަކީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަބަދުވެސް ތިމާ ކުރާ ކަންކަމަށް ފާޑު ކިޔާނެ މީހުން ތިބޭނެކަން ހަނދާން ބަހައްޓާށެވެ. ތިމާ ދެކެ ލޯބިވާ މީހުންވެސް ތިބާ ދޫކޮށް ގޮސްދާނެކަން އަބަދުވެސް ހަނދައިން ބަހައްޓާށެވެ.

މިއީ އަހަރެންގެ ހާޔާތުގައި އަހަންނަށް ފެންނަމުންދާ މަންޒަރުތަކެވެ. އެންމެ ފަހު ވަގުތު ތިބާގެ ހިޔަނިވެސް ތިބާ ދޫކޮށް ދާނެކަމީ ތެދެއްކަން މިހާރު އެނގި ހާމަ ވެއްޖެއެވެ. ކޮންމެ ދެމަފިރިއެއް ވެސް ދިރިއުޅުމެއްފަށަނީ ވަރަށްވެސް ފޮނި އުންމީދު ތަކަކާއި އެކުގައެވެ. ނަމަވެސް ހުވަފެންތަކުގައި ކުލަ ނުޖެހި އުންމީދުތައް ވިއްސި ވިހާލިވެގެން ދަނީ މަދަކުން ނޫނެވެ. ބައިވެރިޔާގެ ފަރާތުން ލިބޭނެ ކަމައް އުންމީދު ކުރި ލޯބި އަނިޔާއަށް ބަދަލުވާން އެއްވެސް މީހެއް ބޭނުން ނުވާނެކަމާ މެދު ހުދު އަހަރެންވެސް ޝައްކެތް ނުކުރަމެވެ.

ގުޅުމެއް ދަމަހައްޓަން ބޭނުންވާ ނަމަ ލޯތްބާއި އޯގާތެރި ކަމަކީ ވަރަށް މުހިންމު ދެކަމެވެ. ހަމަ އެހެންމެ އިތުބާރަކީވެސް ވަރަށް މުހިންމު ކަމެކެވެ. އިތުބާރެއް ނެތް ގުޅުމެއް ކުރިއަކަށް ނުގެންދެވޭނެއޭ ބުނާ އަޑު އަހަމެވެ. ލޯބިވާން ވާނީ الله އައްޓަކައި އޭ ބުނާނީ އެހެންވެ އެވެ. ދިރިއުޅުން ބާއްޖަވެރި ކުރަން އެދޭނަމަ ނަމާދު ތަކައް ރައްކާތެރިވާށެވެ. އަހަރެމެން ދުނިޔެއައް ފޮނުއްވެވި ސަބަބުގެ މަތިން އަބަދުވެސް ހަނދާން ބަހައްޓާށެވެ.

ޚިޔާލު ފާޅުކުރައްވާ